ads
ކުޑަކުދިންގެ މަރުކަޒަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ހައްޔަރުކުރި މީހާ
ނ. އަތޮޅު ފެމިލީ ސެންޓަރަށް ޑްރަގު އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ހައްޔަރުކުރީ ޅ. ނައިފަރު، ފުންވިލު، ޒައިދު މުހައްމަދު، އެވެ.

ފުލުހުން ބުނީ އޭނަ އޭނާ ހައްޔަރުކުރީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ 26 ގައި ކަމަށެވެ. ޒައިދު ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 7.2 ގްރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ޒައިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;