ads
ފެނަކަ އައްޑޫ ބްރާންޗްގެ ކުރީގެ ވެރިންނަށް ޖިނާއީ ތަހުހީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި
ފެނަކައިގެ އައްޑޫގެ ކުރީގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ހިންގަނީ!
ދައުލަތުގެ ޔުޓިލިޓީ ކުންފުނި، ފެނަކައިން އައްޑޫ ސިޓީގައި ހިންގި ހަތަރު ޕްރޮޖެކްޓެއްގައި އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ގޮތަށް އަމަލުކޮށްފައިވާކަން ހާމަވި އޮޑިޓު ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ ކަންކަން ހުރުމުން، އެ ކުންފުނީގެ އައްޑޫ ސިޓީ ބްރާންޗުގެ ކުރީގެ ވެރިންނާއި އާއިލާ މެންބަރުންނަށް ނުހައްގު މުއްސަނދިކަން ލިބިފައިވޭތޯ ބެލުމަށް ވަކި ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ދަންނަވައިފި އެވެ.
Advertisement

އެގޮތަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

މިއީ ފެނަކައިގެ އައްޑޫ ބްރާންޗްތަކާއި ޕްރޮޖެކްޓްތަކުގެ 2023-2021) ގެ އޮޑިޓް ރިޕޯޓްގައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓެކެވެ.

ކޮމިޓީ ރިޕޯޓުގައިވާ މުހިންމު ހުށަހެޅުންތަކުގެ ތެރޭގައި ފައިސާއަށް ހިޔާނާތްތެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހެޅުމާއި، ކުރީގެ ވެރިންނާއި އާއިލާގެ އެކައުންޓްތަކަށް މުސާރައާ ނުބައްދަލު ފައިސާ ޖަމާވެފައިވޭތޯ ފުލުހުން ތަހުގީގުކުރުން ހިމެނެ އެވެ.

މީގެ އިތުރުން، އޭސީސީން ކުރަމުންދާ ތަހުގީގުތައް އަވަސްކުރުމަށް އެންގުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުން އެދުމާއި، ފެނަކައަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި ކުންފުނީގެ އާ އޮނިގަނޑު މަޖިލީހަށް ހުށަހަޅަން ވެސް އެ ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ.

އެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ ހަތަރު ޕްރޮޖެކްޓުން ކުރެ އެއްވެސް މަސައްކަތެއް ނުނިމޭއިރު، މިދިޔަ އަހަރުގެ ނިޔަލަށް 117 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި މަސައްކަތް ނިންމަން އިތުރު 68 މިލިއަން ރުފިޔާ ބޭނުންވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެއިތުރުން، އަގުބޮޑުކޮށް މުދާ ގަތުމާއި، ބޮޑު އަގުގައި ތަކެތި ކުއްޔަށް ނެގުމަށްފަހު ބޭނުންނުކޮށް ބެހެއްޓުން ފަދަ ގިނަ މައްސަލަތަކެއް އޮޑިޓުން ވަނީ ފާހަގަވެފަ އެވެ. އަދި އުސޫލުތަކާ ހިލާފަށް، މަސައްކަތް ފެށުމަށް ބޭނުންވި 85 މުވައްޒަފުންގެ އިތުރުން 273 މުވައްޒަފުން އިތުރަށް ނަގާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. 

އަދި ހަމައެހެންމެ މައްސަލަތައް ނިމެންދެން، މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އަންގަން ވެސް ރިޕޯޓްގައި ވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފެނަކައަކީ އެންމެ ބޮޑެތި ހިޔާނާތުގެ އަމަލުތައް ހިންގާފައިވާ އަދި އެންމެ ހާލުގައި އޮތް އެއް ކުންފުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;