ads
ޖަޕާނަށް ރިކްޓަރު މިންގަނޑުން 7.1ގެ ބާރުގަދަ ބިންހެލުމެއް
ޖަޕާނަށް ރިކްޓާ މިންގަނޑުން 7.1ގެ ބާރުގަދަ ބިންހެލުމެއް
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ކިއުޝޫ ރަށުގެ ކުމަމޯޓޯ ޕްރިފެކްޗަރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
Advertisement

ޖަޕާނަށް ސުނާމީގެ އިންޒާރު ނެރެފައިވަނީ އެގައުމުގެ ކުމަމޮޓޯއަށް އައި 7.1 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމާއި ގުޅިގެންނެވެ.

މި ބިންހެލުމާއި ގުޅިގެން ކުމަމޮޓޯ، ނަގަސާކީ، ކަގޮޝިމާ، ފުކުއޮކާ، ސަގާ، އޮއިޓާ އަދި މިޔަޒަކީއަށް ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވަނީ ރާޅުގެ އުސްމިން 1 މީޓަރަށް އަރާނެ ކަމަށެވެ.

މި ހާދިސާގެ ސަބަބުން ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކަށް ވަނީ ބުރޫއަރާފަ އެވެ. އެގޮތުން ޖޭ.އާރް ކިއުޝޫގެ ހުރިހާ ރޭލު ދަތުރުތަކެއް މެދުކަނޑާލާފައިވާއިރު، ކުމަމޯޓޯ އެއާޕޯޓުގެ ރަންވޭ ބަންދުކޮށް، ފްލައިޓްތައް ވަނީ ހުއްޓާލާފަ އެވެ. އަދި ކުމަމޯޓޯގެ ބައެއް ފިހާރަތަކުން ކަރަންޓު ކެނޑި، މޯބައިލް ފޯނުގެ ހިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފަ އެވެ.

ނަމަވެސް، އެ ސަރަހައްދުގައި ހުރި ނިއުކްލިޔާ މަރުކަޒުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ކިހާރާ ކަށަވަރުކޮށްދެއްވި އެވެ.

ޖަޕާނަށް މި ބިންހެލުން އައިސްފައިވާއިރު، އެގައުމުގެ ދުނިޔޭގެ ބިންހެލުންތައް އެންމެ ގިނައިން އަންނަ އެއްގައުމެވެ. މަދުވެގެން ކޮންމެ 5 މިނެޓަކުން އެގައުމަށް ބިންހެލުންތައް އަންނަ ކަމަަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;