ads
ދިވެހި ދިދަ
ގައުމުގެ ހާލަތާ މެދު ކުރީގެ ވަޒީރެއްގެ ހިތްދަތި ވާހަކަތަކެއް!!
މިނިވަންކަމަކީ ބަހާތަކެއްގެ މައްޗަށް އެކުލެވޭ ކަމެއްް ނޫންތޯ؟ އިގުތިސާދީ، އިޖުތިމާއީ، އިންސާފު، މިހެން ގޮސް އެތައް ކަމެއް ދެއްތޯ؟ ފަރުދީ ފުދުންތެރިކަމާއި އަމަންއަމާންކަމާއި ހަމަހަމަ ކަމާއި ތަފާތު ނުކުރުމަށާއި ރައްކާތެރިކަން ވެސް ދެއްތޯ؟؟ މިކަންކަން މިގައުމުގައި އެބަ ހނިގާތޯ ނުވަތަ އެބަ އޮތްތޯ؟
Advertisement

61 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ގުޅިގެން ކުރީގެ ވަޒީރަކު އަޅުގަނޑާ ފުރަތަމަވެސް ކޮށްލީ މި ސުވާލުތަކެވެ.

އެ ސުވާލުތަކާ އެކު ކުޑަކޮށް ހިމޭން ކަމެއް ލިބުނެވެ. ޖަވާބަކަށް އަޅުގަނޑު ވެސް ބުނެލީ މިނިވަންކަން އެބަ އޮތްތޯ އެވެ.

އަޅުގަނޑުގެ ސުވާލުގެ ޖަވާބުގައި ކުރީގެ ވަޒީރު ވިދާޅުވީ ނޫސްވެރިޔަކަށް ވީމަ ހުރިހާ ނަޒަރަކުން މިނެކިރާނެ ނޫންތޯ އެވެ.

އެ ހިސާބުން އަޅުގަނޑު ކުޑަކޮށް މަޑުކޮށްލެއްވުމުން ކުރީގެ ވަޒީރުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވަން އަނެއްކާ ވެސް ފެއްޓެވި އެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ކުރިން ވަޒީރުކަން ކުރެއްވި، ވަޒީރު ވިދާޅުވީ އެއްވެސް ބޭފުޅަކާ އެއްވެސް ތަހައްސަބެއް ނެތް ކަމަށާއި ނަމަވެސް އުއްމީދު ކުރި ވަރުގެ ހެޔޮ ބަދަލެއް ނުފެނުނު ކަމަށާއި ރައްޔިތުންނާއި ގައުމަށް ހެޔޮކަމެއް ކޮށްދީގެން ވޯޓް ހޯދަން އުޅޭ މަންޒަރު ރާއްޖޭއިން ފެންނަލެއް މަދުވަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ގަދަބާރުން ވޯޓް ހޯދުމަށް ވުރެ ހަގީގަތް ބުނެ ދީގެން ރަނގަޅުކަންކަން ކޮށްދީގެން ރައްޔިތުންނަށް އެ ރަނގަޅުކަންކަމުގެ ފައިދާވާ ހިސާބުން ރަނގަޅު ކަންތައްތައް ކޮށް ދެއްވި ވެރިޔަކަށް ވޯޓް ނުދެއްވާނެތޯ'" އަނެއްކާވެސް ކުރެއްވީ ސުވާލެކެވެ.

އަޅުގަނޑުގެ ޖަވާބު ނުނިމެނީސް އަނެއްކާ ވެސް ވިދާޅުވި ވަޒީފާ ބަހައިގެން ލާރި ދީގެން ނުވަތަ އެހެން ވެސް އެ ޒާތު ކަންކަން ނުކޮށް ވެސް ހަގީގަތުގައި ވެސް ރަނގަޅު ކަންތައްތައް ކޮށްދީގެން ވޯޓް ލިބޭނެ ނޫންތޯ އެވެ.

އަޅުގަނޑުގެ ޖަވާބާ އެކު އެ ވަޒީރު ވިދާޅުވީ އުމުރުފުޅުން ދުވަސްވި ނަމަވެސް ގައުމަށް ވަމުންދާ ގޮތުން ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެ ވަޒީރުގެ ގައުމަކީ ރާއްޖެ ކަމަށާއި އެހެންކަމުން ރާއްޖޭއަށް ވަމުންދާ ގޮތް ބައްލަވަން ހުންނެވުމަށް ވެސް ހިތް އެދިވަޑައިނުގަންނަވާ ކަމަށެވެ.

އެ ވާހަކަ އާ ގުޅިގެން އަޅުގަނޑު ވެސް އެ ވަޒީރަށް ސުވާލެއް ކުރިމަތިކޮށްލީމެވެ.

"ރަނގަޅު ކުރަން ދެން ކުރެވޭނީ ކީއްތޯ؟ މި ގޮތައް ދޫކޮށްލައިގެން ތިބެވޭނެތޯ'' ސުވާލު ނިންމާލަމުން އަޅުގަނޑު އަހާލީމެވެ..

ޖަވާބުގައި ވިދާޅުވީ ގޯސް މަގުން ރާއްޖެ ގޮވައިގެން ދަތުރުކޮށްފައި ވާލެއް ދުރުކަމުން ރާއްޖެ ހަމަ މަގަށް އެޅުވުމަކީ ފަސޭހަ ކަމަކަށް ވާނޭހެން ހީފުޅު ނުވާ ކަމަށެވެ.

"އާ ގާނޫނު އަސާސީން ރައްޔިތުންނަށާއި ގައުމަށް ލިބޭނީ މި ވަރުގެ ގެއްލުމެއްކަމަކަން އޭރު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވުނު. ނަމަވެސް މިއަދާހަމައަށް އާދެވުނީމަ ފެނިއްޖެ ދެއްތޯ މި ލިބުނު ގެއްލުން. މި ފާހަގަ ކުރާ ގެއްލުން އަސްލު ފެންނާނީ ވެސް ސިޔާސީ ކުލަތަކާއި ޕާޓީ ފިކުރާއި އެންމެހާ ތައައްސުބުން މީހާ ދުރުހެލިވެ އިންސާފުވެރިކަމާއެކު ބަލައިގެން'" ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރެއްވި އެ ވަޒީރު ވިދާޅުވި އެވެ.

ހާއްސަ މަޖިލީހުގައި އެ ވަޒީރު އިންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަދާ ކުރައްވަމުން އޭރު ދޭތީ އެވެ.

ސަރުކާރަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އެ ވަޒީރުގެ ވާހަކަތައް އަޑު އަހާފައި ވަރަށް ގިނަ ސުވާލުތައް ހިތާހިތާކޮށްލެވުނެ އެވެ. އެންމެ ގިނައިރު ހުރެވުނީ ރާއްޖޭ ދަތުރު ކުރަމުންދާ މިސްރާބާ މެދު ކަންބޮޑުވާ ވަރަށް ގިނަ ބޭބޭފުޅުން އަދި ވެސް ތިއްބެވި ކަމެވެ. 

ރާއްޖެއަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އަދި އެ ބޭބޭފުޅުންގެ ހިތައް މިހާރު ވެސް އަަސަރު ކުރަމުންދާ ކަމެވެ. ރާއްޖޭއާ މެދު އެބޭބޭފުޅުންގެ ހިތުގައިވަނީ ނުހަނު ހެޔޮއެދުމާއި އޯގާތެރިކަމާއި އިހްލާސްތެރި ކަމެވެ. 

ނަމަވެސް ހިތާމައަކީ އެ ބޭބޭފުޅުން މިހާރު އެތިއްބެވީ ރާއްޖެއަށް ވަމުންދާ ގެއްލުމުން ސަލާމަތް ކުރުމަށް ކުރަންޖެހިފައިވާ ބޮޑު އަދި އުނދަގޫ މަސައްކަތް ކުރެވޭވަރަށް ވުރެ ދޮށީ އުމުރުގައި ކަމެވެ. އެހެންކަމުން އެ ބޭބޭފުޅުންނަށް ދެވޭނީ ލަފާ އާއި މަޝްވަރާ އެވެ. އެކަންކަމުން ހިތްވަރު ލިބިގެން ގައުމު ސަލާމަތް ކުރެވޭނެ ޖީލަކަށް ނުވަތަ ބަޔަކަށް ގައުމު ދާނީ ގޮވަމުން ކަހަލަ ދޯ އެވެ.

މި ފަދަ ގޮވާލުމެއް އެދޭ ރާއްޖެ އިން ވަނީ ރައްޔިތުންގެ މަޝްވަރާއަށް ދޫކޮށްލައިފަ އެވެ. އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.

މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބާރު ގައި "ކިކް" ކުރެވެން ޖެހެ އެވެ. ބޮޑުވަޒީރު ހުންނެވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާ ހުންނެވިޔަސް އިހްލާސްތެރިކަާއި ތެދުވެރި ނިޔަތުގައި ރައްޔިތުންގެ ބާރު "ޕްރެކްޓިސް" ކުރަން ފުރުސަތު ނުލިބޭ ނަމަ ދެން ވެސް ފެންނަނީ މާޒީން ފެންނަމުންދިޔަ ފަދަ "ބައިގަނޑެއް"ގެ ހިންގުމެކެވެ. 

އޭރުން އަނެއްކާ ވެސް ނިކުންނަށް ޖެހޭނީ އިއްޔެ ވެސް އަދި މިއަދު ވެސް ކުރަމުންދާ ހެޔޮ ހިންގުމެއް ހޯދުމުގެ މަސައްކަތެވެ. އެހެންކަމުން ދެން ނިކުންނަންވީ ގިނަ ބައެއްގެ އަތުގައި ބާރުގެ ތިލަފަތް ގިނަ ވަގުތު އޮންނާނެ ގޮތެއް ހޯދުމަށެވެ. ބޮޑެތި ކަންކަން ނިންމުގައި ރައްޔިތުންގެ ރުހުން ހޯދަން ލާޒިމް ކުރުމަށެވެ. ރައީސާއި މަޖިލީހުގެ މެމްބަރުން ވެސް ވަކި ކުރުމުގެ ސީދާ ބާރު ރައްޔިތުންގެ އަތުގައި އަބަދު ވެސް އޮންނާނެ އޮނިގަނޑެއް ހޯދުމަށް ދޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;