ads
7000 ރުފިޔާގެ ވެރިފަރާތް ނުފެނިގެން ފުލުހުން އެބަ ހޯދާ
މަގުމަތިން ހޮވައިގެން ގެނައި 7000 ރުފިޔާގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށް ފުލުހުން ބުނެއެވެ. 

 

މާފަންނު ޕޮލިސް

  • ޖުލައި 12 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ކަސްޓަމްސް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ވެކިއުމް ކްލީނަރއެއް. އިންސިޑެންޓް ނަންބަރު 694066
  • ޖުލައި 15 ވަނަ ދުވަހު ކަނބާއައިސާ ރަނި ހިނގުމުން ހޮވައިގެން ގެނެސްފައިވާ، ކުޑަކުދިން ދުއްވާ ސައިކަލެއް. އިންސިޑެންޓް ނަންބަރު 694479
  • ޖުލައި 17 ވަނަ ދުވަހު ޖަވާހިރުމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮންސްޓްރަކްޝަން ބިޑިތަކެއް. އިންސިޑެންޓް ނަންބަރު 694678
  • ޖުލައި 20 ވަނަ ދުވަހު ފަރީދީމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2 ފްލަޑްލައިޓް. އިންސިޑެންޓް ނަންބަރު 695195

 މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވާންވެސް ފުލުހުން އެދެއެވެ.

 

ގަލޮޅު ޕޮލިސް

  •  ޖުލައި 10 ވަނަ ދުވަހު އިސްކަންދަރު މަގުން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ނަރު ގޯންޏެއް. އިންސިޑެންޓް ނަންބަރު 693804
  • ޖުލައި 12 ވަނަ ދުވަހު ސައްޔިދުކިލެގެފާނު މަގު، ރެޑްވޭވް ކައިރިން ހޮވައިގެން ގެނެސްފައިވާ ޒިއޯމީ ބްރޭންޑުގެ، ސްމާޓް އެއަރ ޕިއުރިފަޔަރ 4 ޕްރޯ ފިލްޓަރއެއް. އިންސިޑެންޓް ނަންބަރު 694046
  • ޖުލައި 14 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ދުވާޓްރެކް ކައިރިން ހޮވައިގެން ގެނެސްފައިވާ 1000 ރުފިޔާ. އިންސިޑެންޓް ނަންބަރު 694440
  • ޖުލައި 15 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގު، ފަރިވާ ފިހާރަ ކައިރިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ލެޕްޓޮޕެއް. އިންސިޑެންޓް ނަންބަރު 694587

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވާންވެސް ފުލުހުން އެދެއެވެ.


ހެންވޭރު ޕޮލިސް 

  • ޖުލައި 8 ވަނަ ދުވަހު އަލިކިލެގެފާނު މަގުން ހޮވައިގެން ގެނެސްފައިވާ 4000 ރުފިޔާ. އިންސިޑެންޓް ނަންބަރު 693603
  • ޖުލައި 9 ވަނަ ދުވަހު މަޖީދީމަގު، ހެންވޭރު ދަނޑު ކައިރިން ހޮވައިގެން ގެނެސްފައިވާ 2000 ރުފިޔާ. އިންސިޑެންޓް ނަންބަރު 693626

 މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވާބް ފުލުހުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;