ads
ރައީސް ނަޝީދު
މިނިވަންދުވަހު ޖަލްސާއަށް ނުކިޔުމުން ނަޝީދުގެ ކަންބޮޑުވުން، މީ ފުރަތަމަ ފަހަރު
މިއަދަކީ މިނިވަންދުވަހުގެ ޖަލްސާއަށް ދައުވަތު ލިބިވަޑައިނުގަތް ފުރަތަމަ ފަހަރު ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުމާ ހިތާމަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.
Advertisement

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ އޮތީ މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައެވެ. އެ ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ސަފީރުންނާއި އިއްޒަތްތެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަހަރުގެ މިނިވަންދުވަހުގެ ޖަލްސާއަށް ދައުވަތު ނުލިބުމުން އެކަމުގެ ކަންބޮޑުވުން ކުރީގެ ރައީސް އަދި މައި އިދިކޮޅު ޕާޓީގެ ޗެއާޕާސަން ނަޝީދު ވަނީ ސޯޝަލް މީޑިއާގަިއ ފާޅުކުރައްވާފައެވެ. ނަޝީދު ވިދާޅުވީ މީ މިނިވަންދުވަހުގެ ޖަލްސާއަށް ދައުވަތު ނުލިބުނު ފުރަތަމަ ފަހަރުކަމަށެވެ.  

" އަޅުގަނޑު މަދަރުސާއަށް ވަން ފަހުން މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ނުކިޔާ މިއީ ފުރަތަމަ ފަހަރު،.... ޖަލުގައި އޮތްއިރުވެސް ކިޔާ." ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މިނިވަންދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް އެންމެ ގިނަ ބޭރުގެ ޑިޕްލޮމެޓުން އައި އަހަރުކަމަށެވެ. އެގޮތުން 43 ޤައުމާއި އދ. 5 އެޖެންސީތަކުގެ 113 ޑިޕްލޮމެޓުން މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެރިވެވަޑައިގަންނަވާކަމަށް ރައީސް މުއިްޒު މިއަދު ވިދާޅުވިއެވެ.  

މިއީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބު ފެނިގެންދާކަމެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިއީ ވޭތުވެދިޔަ 10 އަހަރުތެރޭގައި މިނިވަން ދުވަސް ފާހަކުރުމަށް ބޭރުގެ ޤައުމުތަކުން އެންމެ ގިނަ ޑިޕްލިމެޓުން އައި އަހަރުކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;