ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ފޭސް އެކަކުން އެފްއޭއެމަށް ބޮޑު ބިމެއް ދިނީ އިޖުތިމާއީ މަޝްރޫއެއް ހިންގާތީ އެއްވެސް ކުއްޔަކާ ނުލައެވެ.
އެކަމަކު އެ ބިމުން ބައެއް ވިޔަފާރީގެ ގޮތުގައި ބޭނުން ކުރަން އެފްއޭއެމުން ބޭނުންވުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި އެޗްޑީސީން އެއްބަސްވުން ބަދަލުކޮށްދީ ވިޔާފާރި އުސޫލުން ވެސް ބޭނުންއެ ކުރުމުގެ ހުއްދަ ދިނެވެ. އަދި އެއްބަސްވުން ބަދަލު ގެނައި ހިސާބުން ކުލި ދައްކަން ޖެހޭނެ ކަމަށް ވެސް އެފްއޭއެމްގެ މައްޗަށް ޝަރުތު ކުރިއެވެ.
އެފްއޭއެމް އާއި އެޗްޑީސީއާ ދެމެދު ޖުލައި 11، 2018 ގައި ވީ އެއްބަސްވުމުގެ ދަށުން ހުޅުމާލެއިން 230،000 އަކަފޫޓުގެ ބިމުގެ ސްލޮޓްތަކެއް ކުއްޔަށް ދޫކޮށްފައިވެ އެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ފެސިލިޓީގެ މަސައްކަތް ނުހިނގާތީ އެޗްޑީސީން ސެޕްޓެމްބަރު 17، 2024 ގައި އެއްބަސްވުން ބާތިލްކުރި އެވެ.
ދައުވާއަށް އެފްއޭއެމުން ޖަވާބު ހުށަހަޅާފައިވަނިކޮށް ދައުވާ އަނބުރާ ގެންދަން ބޭނުންވާކަން އެޗްޑީސީން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ މަޝްވަރާތައް ކުރިއަށް ދިއުމެވެ. އެ މަޝްވަރާތަކުން ހައްލެއް ނުލިބިއްޖެ ނަމަ ދައުވާ އަލުން ހުށަހަޅާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;