މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ލަފާ ދެއްވުމަށް ހާއްސަ މަޝްވަރާ މަޖިލިހަކާއި ގައުމީ މަޖިލިހެއް އުފައްދަވަން ނިންމަވާފައިވާކަމަށެވެ. އަދި މި ދެ މަޖިލިސް އަންނަ ނޮވެމްބަރުހުގެ ކުރިން އުފައްދަވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ ދެ މަޖލިސް އެކުލެވިގެންވާ ގޮތް ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އޭގެ ތެރެއިން ހާއްސަ މަޝްވަރާ މަޖިލިހަކީ އިސްރަށްވެހިންގެ ތެރެއިން ދައުލަތުގެ އިއްޒަތުގެ ޝަރަފާއި މަތިވެރި އިއްޒަތުގެ ޝަރަފާއި ދިގު މުއްދަތުގެ ޝަރަފާއި އެފަދަ އެތައް އެތައް އަހަރެއްގެ ހިދުމަތުން ގައުމަށް ހިދުމަތްކުރައްވާފައިވާ ތިއްބެވި ބޭފުޅުން ހިމެނޭ ގޮތަށް އެކުލެވިގެންވާ މަޝްވަރާ މަޖިލިހެއްކަމަށެވެ.
ރައީސްއަށް ލަފާދެއްވާ ގައުމީ މަޖިލިހަކީ އެކުއެކި ފަންނުތަކުގެ ތެރެއިން ހުރިހާ ފަންނެއް ހިމެނޭހެން ފަންނު ތަކުން ތަޖުރިބާ ހާސިލުކޮށްފައި ތިއްބެވި ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުން ހިމެނޭ ގޮތަށް އުފައްދަވާ މަޖިލިހެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ދެ މަޖިލީހުގެ ބޭނުމަކީ ގައުމުގެ ކަންކަނ ހަރުދަނާކޮށް ހިންގުމަށައި ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ގެންދިޔުމުގައި ގައުމަށް ދިމާވާކަންކަމުގައި މަޝްވަރާ ހުށައެޅުމަށް ފުރުސަތު ދިނުންކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;