ads
ރައީސް މުއިއްޒު
އެމްޑީޕީން ގެންގުޅުނީ "ޕްރޯ އިޒުރޭލް" ހާރިޖީ ސިޔާސަތެއް: ރައީސް
އިދިކޮޅު އެމްޑީޕީން ގެންގުޅުނީ "ޕްރޯ އިޒުރޭލް" ހާރިޖީ ސިޔާސަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ފާހަގަކުރާ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް އިސްކުރައްވަނީ ރާއްޖެއަށް ރަނގަޅު ގޮތް ވާނެ "މޯލްޑިވްސް ފަސްޓް ޕޮލިސީ" ކަމަށެވެ. އަދި ރާއްޖެ ކުރިޔަށްދާނީ ދިވެހިންނާ އެކު ގާތްގުޅުމެއް ބާއްވައި އެކުގައި މަސައްކަތްކުރަން ތިބި ބަޔަކާ އެކުކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ހުރިހާ ސަރުކާރަކުން ވެސް ގެންގުޅުނީ 'ޕްރޯ އިޒްރޭލް ފޮރިން ޕޮލިސީ'އެއްކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުތަކުން އޮތީ އަރަބި އިސްލާމީ ގައުމުތަކާ ގުޅުން ދުރުވެގަނެ، ގުޅުންކުޑަކޮށްފައިކަމަށާއި އެއީ ރާއްޖެއާ ދޯޅަނޫން، ބީރައްޓެހި ސިޔާސަތެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއިން އިޒްރޭލު ފިޔަވާ ދުނިޔޭގެ ހުރިހާ ގައުމަކާވެސް ގުޅުން ބާއްވާނެކަަމަށެވެ. އެގޮތުން އިޒްރާއީލާއި ގުޅުން ނުބާއްވަނީ ފަލަސްތީނާ މެދު ދިވެހިން އޮތް ހިތުގެ ގާތްކަމާއި ލޯތްބާއި އެ މީހުންނަށް އިޒްރޭލުން ދެމުންދާ އަނިޔާތަކުގެ ސަބަބުންކަމަށެވެ. އަދި އިޒްރޭލުން އެ ގަތުލުއާއްމު ހިންގާހާ ހިނދަކު އަދި ރާއްޖޭގެ މި ހާރިޖީ ސިޔާސަތު އޮތްހާ ހިނދަކު އެ ގައުމު ބަލައިނުގަންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވެ އަޅުގަނޑުމެން، މި ރީތި ފަސްގަނޑަށް، މޫދުތަކުގެ ރީތިކަން ލިބިގަތުމުގެ ބޭނުމުގައި އިޒްރޭލުގެ ޕާސްޕޯޓުގައި މި ގައުމަށް ނާދެވޭ ގޮތަށް ނިންމީ ފަހުރުވެރިކަމާއެކުގައި. އަދި އެކަން ދަމަހައްޓާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އަނިޔާވެރިކަމާއި ހަނގުރާމަ ކުރުމަކީ ދިވެހިން ގަބޫލުކުރާ ހަމައެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައަކީ ދިވެހިންނާއި މުޅި ދުނިޔެވެސް އެކަމާ ދެކޮޅު ހަނގުރާމައެއްކަމަށެވެ.

" އަޅުގަނޑުމެން އަބަދުވެސް އިސްކުރާނީ ސުލްހަ. މިއީ ސުލްހައަށް ލޯބިކުރާ، ސުލްހަވެރި ގައުމެއް. އެހެންވީމަ، ސުލްހަވެރިކަމުގައި އަޅުގަނޑުމެން އަބަދުވެސް ގޮވާލާނީ ކަންކަން ސުލްހަވެރިކަމާ އެކީގައި އިސްލާހުކުރަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ތަފާތު ހާރިޖީ ސިޔާސަތުތައް ގެންގުޅެފައިވާ ކަމަށާއި އެހެން ބައެއްގެ އަތްދަށުގައި ނުވަތަ ބާރުގެ ދަށުގައި ރާއްޖޭގެ ހާރިޖީ މިނިވަންކަން ގެންގުޅެފައިވާ ކަމަށެވެ. 

"އާދައިގެ ބަހަކުން ދަންނަވަންޏާ ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތު. އެއީ މި ގައުމަކަށް ހެޔޮ ގޮތެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދަޅުވީ ދިވެހީންގެ ރާއްޖެ'އިން އިސްކުރާނީ ދިވެހިންގެ ސިޔާސަތު ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;