ads
މާލޭ ކޯޓު ކޮމްޕްލެކްސް އެޅުމަށް ހައުސިން މިނިސްޓްރީން އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރަނީ: ޖުމްލަ 14 ބުރިއަށް އިމާރާތްކުރާ އެތަނަކީ ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް - ފޮޓޯ/އެމްޓީސީސީ
ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް 2 އަހަރުން ނިންމަން އެމްޓީސީސީއަށް
ހުރިހާ ކޯޓުތަކެއް އަދި ޑިޕާޓުމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުން ވެސް ހިމެނޭހެން، ހުރިހާ ވަސީލަތްތަކާ އެކު ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ދެ އަހަރުދުވަސް ތެރޭ ނިންމަން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
Advertisement

ހައުސިން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. 

ޖުމްލަ 14 ބުރީގެ މި އިމާރާތުގައި:

  • ހައި ކޯޓު، ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމެލީ ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓު ހިމެނޭނެ

  • ޑީޖޭއޭ ހިންގުމަށް ބޭނުންވާ ޖަގަ ވެސް ހިމެނޭނެ

  • ޒަމާނީ އެންމެހާ ވަސީލަތްތަކާ އެކު، ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، ކޯޓުތަކުގެ ހިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ އިންތިޒާމުތަކެއް ހިމެނޭނެ

މި މަޝްރޫއަކީ ޖުމްލަ 699.86 މިލިއަން ރުފިޔާ އަށް 720 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެ މަޝްރޫއު ނިމުމާ އެކު ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;