ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދު ނިންމާ އިއްޔެ ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރުގު ހެދުމުގެ މަޝްރޫއުގެ ދަށުން ދެން އޮތީ އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ހެދުންކަމަށެވެ އަދި އެ މަސައްކަތް އަންނަ ނޮވެމްބަރަށް ނިންމާލެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ، ބޭރު މަގު ހަދާ ނިމޭއިރުގެ ޑިޒައިންތައް ފެންނަ ކުރެހުންތަކާއި އެނިމޭޓެޑް ވީޑިއޯއެއް ހިއްސާ ކުރައްވާފައެވެ.
ރައީސް ހިއްސާ ކުރެއްވި ކުރެހުންތަކުން ފެންނަ ގޮތުގައި، ރަށްރަށުން މާލެ އަންނަ ލޯންޗުތަކަށް އެމެއެމްއޭ ކުރިމަތީ ވަކި ފާލަންތަކެއް ހުންނަނީ ހަދާފައެވެ.
ރައީސް މުއިއްޒު ހިއްސާކުރެއްވި ކުރެހުންތައް
އެގޮތުން ސަރައްހަދުގައި އިތުރު ތިން ކުޑަ ފާލަން ހަދާއިރު އެ ފާލަންތައް ހަދަާފައި ވަނީ ދެ ފަރާތުން ލޯންޗުތައް ކައިރިކުރެވޭ ގޮތަށެވެ.
ކޮންމެ ފާލަމެއްގެ ދެ ފަޅިން ކޮންމެ ފަޅިއަކަށް ފަސް ލޯންޗު ކައިރިކުރެވޭނެކަމަށް ކުރެހުންތަކުން ފެނެެެއެވެ.
ބޭރުމަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;