ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ސިނަމާލޭ ބްރިޖުގެ ހައިވޭ މަތީގައި ބާރު ދުވެލީގައި ހަތަރު ސައިކަލެއް ދުއްވައިފައިދާ މަންޒަރެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ދުއްވި މީހުން ސައިކަލު މަތީ ބަނޑު އަޅައި، އޮށޯވެގެން ބާރު ދުވެލީގައި ދުއްވައިފައިދާ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ ބްރިޖުމަތީ ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ނަގައިފައިވާ ކަމަށެވެ. އެހެންނަމަވެސް ސައިކަލް ދުއްވި މީހުންނަށް ފިޔަވަޅެއް އެޅިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން މާލޭ ސަރަހައްދުގައި އެންމެ ގިނަ އެކްސިޑެންޓް ހިނގަނީ ބުރިޖާއި ހައިވޭގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;