2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި ހާދިސާއާ ގުޅިގެން ޖަލަށްލާން ހުކުމްކޮށްފައިވަނީ، ރ. އުނގޫފާރު ޒަޔާނާމަންޒިލް މުހައްމަދު ރީހާންއެވެ.
އޭނާގެ މައްޗަށް މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާއާ ގުޅިގެން ޝަރިއަތުގައި، މުހައްމަދު ރީހާންވަނީ ކުށަށް އިއުތިރާފުވެފައެވެ. އ
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، ދެ ކުކުޅާއި ހާލެއް ވަގަށް ނެގި މި މީހާވަނީ އޭގެ ވެރިފަރާތަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 500 ރުފިޔާ ދީފައެވެ.
އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން މުހައްމަދު ރީހާންގެ މައްޗަށް މި މައްސަލައިގައި އިއްވީ 20 ދުވަހުގެ ޖަލު ހުކުމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;