އެމްއެމްއޭއިން ބުނީ މި ސާވޭ ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ސާވޭގައި މައިގަނޑު ގޮތެއްގައި އެއްކުރާނީ ދަތުރުކުރި މަންޒިލްތަކާއި ދަތުރުގެ ބޭނުމާއި ހަރަދުތައް ހަމަޖައްސާފައިވާ ގޮތުގެ އިތުރުން ވައިގެ ދަތުރުފަތުރަށާއި ދަތުރުގެ ތެރޭގައި ހިނގި އެހެނިހެން ހަރަދުތަކާ ގުޅޭ މައުލޫމާތު ކަމަށް، އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.
މި ސާވޭގައި ކުރެވޭ ސުވާލުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިޔަ ސަބަބާއި ދަތުރުކުރި ގައުމާއި އެ ދަތުރަށް ޓިކެޓަށް ހޭދަކުރި ވަރާއި ބޭރުގައި ހުރުމާއި ކެއުމަށް ހަރަދުކުރި ވަރުގެ އިތުރުން ދަތުރުގައި ދެން ކުރި އެހެން ހަރަދުތައްވެސް ހިމެނެ އެވެ.
މި ސާވޭ އަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސާވޭއެއްކަށް ެއެމްއެމްއޭއިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;