ads
އަމީނީ މަގުގެ ހުޅަނގަށްވީ ބައި.
އަމީނީ މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ
އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނިން ބުނެފި އެވެ.
Advertisement

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ހަސަން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވިދާޅުވީ އަމީނީ މަގުގެ މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ. 

ފާހަގަކުރެވޭ ގޮތުގައި އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ނިންމާލީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުގަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

ނަމވެސް މިހާރު އަމީނީ މަގުގެ ދެ ފަރާތުން ވަރަށް ބޮޑަށް ތާރުގަނޑު އެކި ގޮތްގޮތަށް އުފުލި، އެ މަގުން ދުއްވާ ގިނަ ބަޔަކަށް އެ ކަމުގެ ނުރައްކަލާއި ތަކުލީފާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;