ads
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް"ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން ވަނީ ހަމަޖައްސައިފައި - ފޮޓޯ/ އުރީދޫ
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް"ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
ޓެންސެންޓްގެ އިރުޝާދުގެ ދަށުން މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނުން ރާއްޖޭގައި އިންތިޒާމުކުރާ "ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" (ޕީއެމްއެންސީ) މޯލްޑިވްސްގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން ހަމަޖައްސައިފި އެވެ.
Advertisement

މި މުބާރާތަކީ، ކުރިއަށް އޮތް ސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއް ހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީއެމްޖީސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.

މި މުބާރާތް ކުރިއަށްދާނީ މައިގަނޑު ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ މަރުހަލާ އިއްޔެ ފަށައި، މާދަމާގެ ނިޔަލަށް "އިން-ގޭމް ކޮލިފައިންގް" ސްޓޭޖް 2 އޮންލައިންކޮށް ކުރިއަށްގެންދާނެ އެވެ.

އެއަށްފަހު އަންނަ މަހުގެ ތިނަކުން ހަތަކަށް "ނޭޝަނަލް ނޮކްއައުޓްސް - ސަވައިވާސް ސާކަލް" އޮންލައިންކޮށް ކުރިއަށްދާނެއެވެ. މުބާރާތުގެ ފޯރިގަދަ "ލޭން ނޭޝަނަލް ފައިނަލްސް" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 އިން 15 އަށެވެ. މި މަރުހަލާގައި ރާއްޖޭގެ އެންމެ މޮޅު ޓީމުތަކުން ގައުމީ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ އެވެ.

މި ޕާޓްނަޝިޕްއާ ގުޅޭގޮތުން އޫރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒު ވިދާޅުވީ، ގޭމިންގަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫން ކަމަށާއި އެއީ ޒުވާން ހުނަރުވެރިންނަށް އައު ފުރުސަތުތަކެއް ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އަދި އޫރީދޫ ނޭޝަން މެދުވެރިކޮށް ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ތަރައްގީކުރުމުގައި އެ ކުންފުނިން އަބަދުވެސް ދެމިއޮންނާނެެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޫރީދޫ ނޭޝަން މެދުވެރިކޮށް ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ތަރައްގީކުރުމުގައި އޫރީދޫއިން އަބަދުވެސް ދެމިއޮންނާނެެ. އަދި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ކުޅުންތެރިން ބާރުވެރިކުރުވައި، ކުޅުންތެރިންގެ ހުނަރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ދައްކާލުމަށް ލިބޭ އަގުހުރި ފުރުސަތެއް،" ހުސެން ނިޔާޒު ވިދާޅުވި އެވެ.

އޫރީދޫ ނޭޝަން މެދުވެރިކޮށް އޫރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ގޭމިންގް އަދި އީ-ސްޕޯޓްސް ކުރިއަރުވައި، ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުރިއަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.

މުބާރާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި، މެޗުތައް ތާވަލުކުރެވިފައިވާ ގޮތް އޫރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުން ބަލައިލެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;