މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2022 ގައި، ފުވައްމުލަކުގެ ޒުވާނެއް ކަމަށްވާ ޝިއާއު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ، ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، ބޭރުކޮށްލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި، އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލައެކެވެ. މި ދެ މައްސަލަވެސް މީގެ ކުރިންވެސް އެއް ފަހަރު ހައިކޯޓުން ބޭރުކޮށްލާފައިވެއެވެ.
އެ. މައްސަލަ އިސްތިއުނާފު ކުރަން މީގެ ކުރިން ވެސް ސާހިލް ހުށަހެޅި ނަމަވެސް ލިޔުންތަކުގެ މައްސަލާގައި އޭރު މައްސަލަ ބަލައިނުގަނެވެ. އަލުން މައްސަލަ އިސްތިއުނާފު ކުރަން ސާހިލް ހުށަހެޅީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައިވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;