ads
ޔޫކޭ ވިސާއަށް އެދި ހުށަހެޅުމަށް މާލޭގައި ވަގުތީ ވިސާ ސެންޓަރެއް ހުޅުވަނީ
ޔޫކޭ ވިސާއަށް އެދި ހުށަހެޅުމަށް މާލޭގައި ވަގުތީ ވިސާ ސެންޓަރެއް!
އިނގިރޭސިވިލާތަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ވިސާއަށް އެދި ހުށަހެޅުމަށް މާލޭގައި ވަގުތީ ސެންޓަރެއް ހުޅުވުމަށް ވީއެފްއެސް ގްލޯބަލްއިން ނިންމައިފި އެވެ.
Advertisement

ޔޫކޭ ވިސާއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ވީއެފްއެސް ގްލޯބަލްއިން ހިންގާ ވަގުތީ ވިސާ ސެންޓަރުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 10 އިން 12 އަށް މާގިރި ހޮޓަލުގަ އެވެ. 

ވީއެފްއެސްއިން ވަނީ އިނގިރޭސިވިލާތުގެ ވިސާ އަށް އެދި ހުށަހަޅަން ބޭނުންވާ ދިވެހިން، GOV.UK ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކޮށް، އެޕޮއިންޓްމަންޓް ބުކް ކުރުމަށް އިރުޝާދު ދީފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުންގެ އިތުރުން އެކި ބޭނުންތަކަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ވިސާގެ ކަންކަން ފުރިހަމަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދޭ ހިދުމަތެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;