ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ ބޭރުމަގުގެ ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ހަދަމުން އަންނަ ބައިގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އެގޮތުން ޔާރު އަޅާ ނިމުމުގެ އިތުރުބް ޕާކިން ޒޯނާއި ފޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ނިމިފައިވާއިރު މިހާރު ކުރަމުން އަންނީ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ. އެ މަސައްކަތްވެސް މިރޭ ނިންމާލެވޭނެކަަމަށް އެމްޓީސީސީން ބުނެއެވެ.
ބޭރުމަގުގެ މަސައްކަތް ނިންމާފައި. މިމަގު ޖުލައި 26 އަށް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުން
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތެރެއިން ބީއެމްއެލްގެ ހެޑް އޮފީސްް ކުރިމަތީ ފަޅު ތެރެއިން ބޮޑު ބައެއް ހިއްކާ ޕާކިން ޒޯނެއް ވަނީ ހަދާފައެވެ. މޮ ޕާކިން ޒޯން ހަދާފައިވަނީ ފޮރިން މިނިސްޓްރީ އިމާރާތް ނިމޭ ހިސާބުން ފެށިގެން ސިޓީ ގާޑެން ރެސްޓޯރަންޓާއި ހަމައަށް އޮންނަ ހިސާބު ފަޅުން ބައެއް ހިއްކައިގެންނެވެ. އެ ސަރަހައްދަކީ ރަށްރަށުންނާއި ރިސޯޓްތަކުން މާލެ އަންނަ ލޯންޗު ފަހަރު ގާތްކުރާ ސަރަހައްދަށްވުމުން އެ ސަރަހައްދަކީ އާއްމުކޮށް ބާރު ބޮޑުވާ ހިސާބެކެވެ.
ބޭރުމަގުގައި އަލަށް ޕާކިން އޭރިޔާ ހަދާތީ އެ މަގު ތަރައްގީކޮށް ނިންމާ އެ މަގު ބޭނުންކުރަން ފެށުމުން މަގުގައި ޕާކު ނުކުރެވޭނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ބޭރުމަގުގެ މިހާރު ހަދަމުން އަންނަބައި ޖުލައި 26 އަށް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;