ފުލުހުން މިދިޔަ ހޯމަ ދުވަހުގެރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް އެރޭ 3:47 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެރޭ ވަނީ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިތައް ތަޅާލާފައެވެ. އަދި މިސްކިތުގައި ބަހައްޓާފައި ހުރި މުސްހަފުތައްވެސް ވަނީ އުކާލާފައެވެ.
ފުލުހުން މިއަދު ބުނީ އަޒީޒާ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދިނީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހެއްކަމަށެވެ. އެހެންވެ އެމީހާގެ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ.
އެގޮތުން އެމީހާ މިހާރު މުޖުތަމައުން އެކަހެރިކޮށްފައިވާކަމަށާއި އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;