ފުލުހުން ބުނީ ހިންމަފުށީގައި ބަޔަކު މާރާމާރީ ހިންގައިގެން އުޅޭކަމުގެ މައުލޫމާތު އާދީއްތަ ދުވަހުގެ ރޭ 19:24 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންްދިޔަ ކަމަށާއި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ހިދުމަތުން ބަލާފައިވާ ކަމަށެެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ސުވާލުކުރަންޖެހޭ މީހުންނާއި ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ. އަދި ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;