ads
އަށް ދުވަހަށް ކުރިއަށްގެންދާ މި ކާނިވަލްގައި އުމުރުފުރާއަކަށް ހާއްސަ ހަރަކާތްތައް ހިމެނޭނެ - ފައިލް ފޮޓޯ: އެޗްޑީސީ
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

މި ކާނިވަލް އޮންނާނީ ޖުލައި 24 އިން ޖުލައި 31 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ރޭގަނޑު 11:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އަށް ދުވަހަށް ކުރިއަށްގެންދާ މި ކާނިވަލްގައި އުމުރުފުރާއަކަށް ހާއްސަ ހަރަކާތްތައް ހިމެނޭނެ އެވެ. އެގޮތުން، ކާނިވަލް ގޭމްސް، ހޮރޯރ ހައުސް، ޑިޖިޓަލް ގޭމިން އެރީނާ، ފުޑް ކިއޮސްކުތައް، ޗިލްޑްރެންސް އޭރިއާ، އިންފްލޭޓަބަލްސް، ލައިވް މިއުޒިކްއާއެކު ބޮޑުބެރު ހުށަހެޅުންތައް ކާނިވަލްގެ އެކި ދުވަސްތަކުގައި އޮންނާނެ އެވެ. 

your imageމި ކާނިވަލް އޮންނާނީ ޖުލައި 24 އިން ޖުލައި 31 ގެ ނިޔަލަށް - ފޮޓޯ: އެޗްޑީސީ

މިއީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކޮށް ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ އެކި ހަރަކާތްތަކާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ކާނިވަލެކެވެ. 

އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;