ads
ވިޖޭ އެޏާގެ ފަހު ފިލްމުގެ ޑައިރެކްޓަރު ވިނޯދާ އެކު
ޗީފް މިނިސްޓަރުގެ ވިޖޭގެ ފަހު ފިލްމު ޓީޒާ ދައްކާލައިފި
ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމުގައި މިހާރު ހުރި ކުރީގެ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭގެ ވަދާއީ ފިލުމުގެ ޓީޒާއެއް ދައްކާލައިފިއެވެ.
Advertisement

މާދަމާ ސިނަމާތަކަށް އަންނަ މި ފިލުމަށް ދީފައިވާ ނަމަކީ 'ޖާނާ ނަޔަގަން' އެވެ. 

މިހާރު ސިޔާސީ މަގާމެއްގައި ހުރި ވިޖޭގެ މި ޕޮލިޓިކަލް ތުރިލާގެ ކާސްޓުންގެ ތެރޭގައި އޭނާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރުތަރި ބޮބީ ޑިއޯލާއި ޕޫޖާ ހެގްޅޭ އިތުރުން ޕްރަކާޝް ރާޖް، ޕްރިޔަމަނީ އަދި ނައްސާރް ހިމެނެއެވެ. މި ފިލްމި ޑައިރެކްޓްކޮށްފައިވަނީ އެޗް ވިނޯދުއެވެ. 

މި ފިލުމުގައި ބޮބީ ޑިއޯލް ފެނިގެންދަނީ ނުބައިބައި ރޯލަކުންނެވެ. 

ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމުގެ ހުވާ މިދިޔަ މޭ މަހުގެ 10 ވަނަދުވަހު ކުރި އަދި އިންޑިއާގެ ދެކުނުގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޖޭގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް (ގޯޓް) އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;