ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުން އަދި ވަގުތީ ސެކްރެޓަރީ ޖެނެރަލުންނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ސާކިއުލާއެއްގައި ބުނީ އއެ މަގާމުތަކުގެ މުސާރަ އަންނަމަހުން ފެށިގެން ކުޑަވާނެކަމަށެވެ. އެގޮތުން އެ މަގާމުތަކާއި އައިޓީ ދާއިރާގެ 3 ޖޮބް މެޓްރިކްސްއެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަކު އައިކަން ސީއެސްސީން ވަނީ އަންގާފައެވެ.
މުސާރަކަތަށް އައި ބަދަލުތައް
މީގެކުރިން ޕާމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 53،000 އެއްހާ ރުފިޔާ ލިބެއެވެ. އަދި ޑިޕްލޮމާ އިން މަތިން ކިޔަވާފައި ތިބޭ ރަށު ކައުންސިލުތަކުގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މީގެކުރިން 35،000 ރުފިޔާ ލިބެއެވެ. އަދި ޑިޕްލޮމާ އާއި ތަޖުރިބާ ހުރި އެސްޖީންނަށް 32،000 ރުފިޔާގެ މުސާރައެއް މީގެކުރިން ލިބެމުން ދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;