ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ފައިޝަލް އިސްތިއުފާދެއްވީ އާންމު ރައްޔިތެއް ކަމަށްވާ އަންހެނަކާ އެކު ބޭއްވި މުއާމަލާތްތަކެއްގައި އޭނާގެ އަމަލުތައް ހުންނަންޖެހޭ މިންގަނޑަށް ނުފެތޭކަމަށް އޭނާ އަމިއްލައަށް އެއްބަސްވެވަޑައިގަތުމަށް ފަހުގަ އެވެ.
އޭގެ ފަހުން ދެ ފަރާތުން ވެސް ވަނީ އެކަކު އަނެކަކަށް ފުރައްސާރައިގެ ތުހުމަތުތައް ކޮށްފައި ކަމަށާއި، ފުލުހުން މިހާރު އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
ސިންގަޕޫރްގެ ވަގުތީ މުސްލިމް އެފެއާޒް މިނިސްޓަރަަކަށް ފައިސަލް އައްޔަންކުރީ މިދިޔަ އަހަރުގެ މެއި 23 ގަ އެވެ. އޭނަ ކުރިން ހޯމް އެެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.
ފައިޝަލްގެ އިސްތިއުފާގެ ސިޓީގައި، އެ މުއާމަލާތްތައް މެނޭޖްކުރުމުގައި އޭނާގެ ވިސްނުމުގެ ކުށެއް އުޅޭ ކަމަށް އެއްބަސްވެވަޑައިގެންފައިވެ އެވެ.
މިފަދަ ހާލަތެއްގައި ފައިޝަލް ސިޔާސީ މައިދާނާ ވަކިވެވަޑައިގަންނަވާތީ ހިތާމަކުރައްވާ ކަމަށް ބޮޑުވަޒީރު ވޮންގް ވިދާޅުވި އެވެ. އުމުރުފުޅުން 56 އަހަރުގެ ފައިސަލް އަކީ މީގެ 20 އަހަރު ކުރިން ސިޔާސީ ދާއިރާ އަށް ނުކުންނެވުމުގެ ކުރިން ޔުނިވަސިޓީ ޕްރޮފެސަރެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;