ads
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ މިއަދު ހަވާލުވެވަޑައިގެންފި އެންޑީ ބާންހަމް
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުގެ ވައުދު؛ ދިރިއުޅުމުގެ ހަރަދު ކުޑަކުރުން!
ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން ދިއުމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމުގެ ވައުދާ އެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ އެންޑީ ބާންހަމް މިއަދު ހަވާލުވެ ވަޑައިގެންފި އެވެ.
Advertisement

އިނގިރޭސި ބޮޑުވަޒީރު ދިރިއުޅުއްވާ އަދި އޮފީސް، 10 ޑައުނިން ސްޓްރީޓްގެ ބޭރުގައި ވާހަކަދައްކަވަމުން ބާންހަމް ވަނީ ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި އޮތް މާޔޫސްކަން ގަބޫލުކުރައްވާފަ އެވެ.

"އަޅުގަނޑަށް އެނގޭ ގޭގޭގައި ތިބި ރައްޔިތުން ސިޔާސީ ކަންކަމަށް ފޫހިވެފައިވާކަން. އަޅުގަނޑުމެންގެ މަސައްކަތް އެންމެ އެކަށީގެންވާ ވަރަށް ރަނގަޅެއް ނޫން އަދި އަޅުގަނޑުމެން މިއަށް ވުރެ ރަނގަޅުވާންޖެހޭ، މީހުންނަށް މިހާރުން މިހާރަށް ލުޔެއް ދީ، ދިރިއުޅުމުގެ ހަރަދުތަކަށް އެހީތެރިކަން ފޯރުކޮށްދޭނަން" ޑައުނިން ސްޓްރީޓްގެ ބޭރުގައި ދެއްވި ކުރު ތަގުރީރުގައި އެންޑީ ބާންހަމް ވިދާޅުވި އެވެ.

އުމުރުފުޅުން 56 އަހަރުގެ ބާންހަމް އަކީ ގްރޭޓާ މެންޗެސްޓާގެ ކުރީގެ މޭޔަރެވެ. އެ ސަރަހައްދުގައި އޭނާއަށް ވަނީ “ކިންގް އޮފް ދަ ނޯތު” ގެ ނަމުން ލަގަބު ދެވިފަ އެވެ. މީގެ އިތުރުން، 2001 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ. އަދި ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ޓޯނީ ބްލެއާ އަދި ގޯޑަން ބްރައުންގެ ސަރުކާރުގައި އޭނާ ވަނީ ވަޒީރުކަންވެސް ކުރައްވާފަ އެވެ.

އުމުރުން 56 އަހަރުގެ ބާންހަމް ވެފައި ވަނީ 2016 ވަނަ އަހަރުގެ ފަހުން އެ ގައުމުގެ 7 ވަނަ ބޮޑުވަޒީރަށެވެ. އޭނާ މަގާމާ ހަވާލުވެ ވަޑައިގެން ޑައުނިން ސްޓްރީޓަށް ވަޑައިގަތުމުން ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

މިދިޔަ މަހު ލޭބަ ޕާޓީގެ މަޖިލިސް މެމްބަރުންގެ ނިންމުމަކުން މަގާމުން އިސްތިއުފާ ދެއްވި ސްޓާމާ ވިދާޅުވީ، ބޮޑުވަޒީރުގެ ހައިސިއްޔަތުން ހިދުމަތްކުރުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ. އަދި ބާންހަމްއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން ސްޓާމާ ވިދާޅުވީ އޭނާއަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;