ads
ރ.އަތޮޅާއި ބ.އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމުތައް ދިވެހި ސަރުކާރުން އިފްތިތާހުކުރުން-
25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާހުކޮށްފި
ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
Advertisement

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމްކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިމްޕޯޓްކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ އިތުރުން، ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެެވެ.

މިއަދު ހިދުމަތް އިފްތިތާހު ކުރި 25 ރަށާ އެކު ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓްގެ ސޯލާ ޕީވީ ކެޕޭސިޓީ އާއި 20.6 މެގަވޮޓް އަވާގެ ބެޓަރީ ސްޓޯރޭޖް ބޭނުންކުރާނެ އެވެ.

އިތުރު 23 ރަށެއްގައި މި ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

ސޯލާ ހައިބްރިޑް ނިޒާމުތައް އިފްތިތާހްކުރި ރަށްރަކަކީ:

ރ. އަލިފުށި

ރ. ވާދޫ

ރ. ރަސްގަތީމު

ރ. އަނގޮޅިތީމު

ރ. މާކުރަތު

ރ. ރަސްމާދޫ

ރ. އިންނަމާދޫ

ރ. މަޑުއްވަރީ

ރ. އިނގުރައިދޫ

ރ. ފައިނދު

ރ. މީދޫ

ރ. ކިނޮޅަސް

ރ. ހުޅުދުއްފާރު

ބ. ކުޑަރިކިލު

ބ. ކަމަދޫ

ބ. ކެންދޫ

ބ. ކިހާދޫ

ބ. ދޮންފަނު

ބ. ދަރަވަންދޫ

ބ. މާޅޮސް

ބ. އޭދަފުށި

ބ. ތުޅާދޫ

ބ. ހިތާދޫ

ބ. ފުޅަދޫ

ބ. ފެހެންދޫ

ޕޮއިސްޑް ޕްރޮޖެކްޓަކީ ގައުމީ ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މަޝްރޫއެކެވެ. ދިވެހި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިއީ ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" ގައިވެސް ހިމަނާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;