ads
ސްޓޭޓް ފާމަސުޓިކަލްސްގެ އެމްޑީ ޝާހު މާހިރު - ފޮޓޯ: މަޖިލިސް
އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގަ ހުންނަންޖެހޭ، އެ މަސައްކަތް ފަށައިފިން: ޑރ.ޝާހު
ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ) އިން ރާއްޖޭގައި އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
Advertisement

ޑރ. ޝާހު މާހިރު ވިދާޅުވީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ގޮންޖެހުމަކީ އެންޓިބަޔޮޓިކަށް ބަލިމަޑުކަން ހޭނުން ނުވަތަ ބޭހަށް ނުގުޑާ މައްސަލައެވެ. 

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެންޓިބަޔޮޓިކުގެ ހުރިހާ ބާވަތްތަކެއް ރާއްޖެއިން ފަސޭހަކަމާއެކު ލިބެން ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފަންނީ ގިނަ މަސައްކަތްތަކެއް ބޭނުންވާ ކަމަކަށްވާތީ، ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ފުރިހަމަކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރަމުންދާކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ދިމާވެގެން އުޅޭ ބޭހުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސްޓޭޓްފާމާއިން ކުރަމުންދާ އިތުރު މަސައްކަތުގެ ތަފްސީލުވެސް ޑރ.ޝާހު މާހިރު ހިއްސާކުރެއްވިއެވެ. އެގޮތުން، ދުރާލައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށް ބޭސް ގަނޑުކޮށް ގަނެ، ސްޓޮކް މަދުވުމުން ދެނެގަންނާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަން ފާހަގަކުރެއްވި އެވެ. 

"ރާއްޖެއިން ނުލިބޭ ބޭސްތައް ޕްރިސްކްރިޕްޝަނަށް އޯޑަރުކުރަމުން އައި ނަމަވެސް، ކުރިޔަށް އޮތް ތަނުގައި ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭހުގެ ފޯކާސްޓެއް ހަދައި، 1 އަހަރު ނުވަތަ 2 އަހަރު ދުވަހަށް ބޭނުންވާ ވަރަށް އެތެރެކުރާނެ" ޑރ.ޝާހު ވިދާޅުވި އެވެ.

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސްގެ ހާއްސަ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;