ads
ތިލަފުށީގައި އަލިފާން ރޯވެފައި. - ފޮޓޯ: އެމްވީ ކްރައިސިސް
ތިލަފުށި ވެމްކޯ ސައިޓްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ތިލަފުށި ވެމްކޯ ސައިޓުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާ ވަރަށް 10 ގަޑިއިރު ފަހުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
Advertisement

ތިލަފުށި ވެމްކޯ ސައިޓުގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 10:10 ހާއިރު އެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމުން، ތިލަފުށީ ފަޔާ ސްޓޭޝަނާއި، މާލެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ގޮތުން ކުރަމުންދާ މަސައްކަތުން އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު 08:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވުމަށް އިތުރު ވަގުތު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. 

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެމްއެންޑީއެފުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް 23 ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 12 ހާދިސާއަކީ އަލިފާނުގެ ހާދިސާތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;