ރާއްޖެއިން މިކަމަށް ގޮވާލީ މިސްރުގެ ގާހިރާގައި ކުރިއަށްދިޔަ ކޮންފަރެންސެއްގަ އެވެ. މި ކޮންފަރެންސަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ބައިވެރިވެވަޑައިގެން ތަގުރީރުކުރެއްވި އެވެ.
ސަފީރު އަހުމަދު ސަރީރު ވަނީ އިސްރާއިލްގެ ސަބަބުން ފަލަސްތީނު ރައްޔިތުން ތަހައްމަލުކުރާ ހާލަތަށް އަލިއަޅުއްވާލައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފުމަށް އިޒަރޭލުން ކުރާ ހުރިހާ މަސައްކަތެއް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.
މީގެއިތުރުން، ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީހީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިސްރާއިލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެގެންކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.
1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ ޤަރާރު ނަންބަރު 3376 އިން އުފެއްދި ސީއައިއާރްޕީޕީ އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާ ކޮމިޓީއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;