އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފޭސް 1ގެ 100ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓަކުން ދުންއަރާތީ، ހުޅުމާލެ ފަޔާ ސްޓޭޝަނުން ވަނީ މިރޭ ހަރަކާތްތެރިވެފައިކަމަށެވެ.
މި ހާދިސާގެ މައުލޫމާތު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 19:38 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ މައުލޫމާތު ލިބުމުން ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނީ އެ އެޕާޓްމަންޓުން ދުން އަރާފައިވަނީ އަލިފާން ރޯވެގެން ނޫންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެޕާޓްމަންޓް ދުން އެރީ އެ އެޕާޓްމަންޓްގެ ބަދިގޭގައި ކައްކަން އުދާފައި ހުރި ބަތްތެއްޔެއް ދުންގަނެގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ފަޔާ ފައިޓަރުން ވަނީ އެޕާޓްމަންޓުން ދުން ބޭރުކުރުމުގެ މަސައްކަތް ކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;