ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވާ އެހެން އެއްވެސް ހަރަދެއް ކުރުން ރަނގަޅު ނޫންކަމަށެވެ.
ރައީސް ނަޝީދު ވަނީ ސަރުކާރުން އުމްރާނީ ތަރައްގީއަށް ހިންގާ މަޝްރޫއުތައް ހުއްޓާލާ ނުނިމި ހުރި މަޝްރޫއުތައް ކައުންސިލްތަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދަންވެސް ގޮވާލައްވާފައެވެ.
ރައީސް ނަޝީދު މިހެން މި ވިދާޅުވީ ދައުލަތުގެ ރިޒާވް ދަށްވެ، ބޭނުންކުރެވޭ ރިޒާވް - ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 248 މިލިއަން ޑޮލަރަށް ވެއްޓިއްޖެ ކަމަށް މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކާފައި ވަނިކޮށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 686.8 މިލިޔަން އެމެރިކާ ޑޮލަރުގަ އެވެ.
މިއީ މިދިޔަ މޭ މަހާ އަޅާބަލާއިރު 18.0 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިޔަން ޑޮލަރު ނުވަތަ 17.5 އިންސައްތަ ދަށް އަދަދެކެވެ.
ޑޮލަރުގެ އަގު އިންތިހާއަށް އުފުލި މިހާރު ކަޅު ބާޒާރުގައި ޑޮލަރުން ގަންނަން ލިބެން ހުރީ 21 ރުފިޔާއަށްވުރެވެސް މަތިންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;