ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ޗިޓުން ފެންނަ ގޮތުން މަގުމަތީގައި މަސައްކަތްކުރުމަށް މާލޭ ކައުންސިލުން ދޭ ހުއްދަ ބޯޑު ނެތި މަސައްކަތްކޮށްގެން ޖޫރިމަނާކުރީ ހ. މާދޫ ކިޔާ ގެ އެކެވެ.
ސިޓީ ކައުންސިލުން ބުނީ ގެ ޖޫރިމަނާކުރީ ހުއްދަ ބޯޑް ނެތި ޕޭވްމަންޓް މަތީ މަސައްކަތް ކުރަމުންދިޔުމުންކަމަށެވެ. އެގެއަކީ ހެންވޭރު ރޯޝަނީމަގާއި ބޮޑުތަކުރުފާނު މަގާއި ގުޅޭ ކަންމަތީ ސަލްމާން މިސްކިތް ކުރިމައްޗަށް ވާ ގޮތަށް ހުންނަ އިމާރާތެކެވެ.
ބޯޑު ނުބަހައްޓާ މަގުމަތީގައި މަސައްކަތްކުރުމުން ޖޫރިމަނާކުރިކަން އެނގި ޗިޓް
ކައުންސިލުން ބުނީ އެ އިމާރާތުގައި މަސައްކަތް ކުރި މީހުންވަނީ މާލޭ ސިޓީގެ މަގުތަކާއި ޕޭމަންޓްތަކާއި ބަނދަރުތަކާއި އާންމު ތަންތަނުގައި މަސައްކަތްކުރުމުގެ ގަވާއިދާ ހިލާފުވެފައިކަމަށެވެ.
އެހެންނަމަވެސް އެ މަސައްކަތް ކުރި މީހުން ޖޫރިމަނާކުރި އަދަދެއް ކައުންސިލަކުން ނުބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;