ads
ފުލުހުން މަގުމަތި ބަލަހައްޓަނީ
ސިހުރު ހަދާ މީހަކު ގެސްޓްހައުސް ކޮޓަރިއަކުން ހައްޔަރުކޮށްފި
ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މީހަކު ގެސްޓް ހައުސްއެއްގެ ތެރެއިން ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ  ށ. ފޭދޫ / ހުދުވެލި މުސާ ނައީމް، 63 އަހަރުއެވެ. 

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ހައްޔަރުކުރަނީ މާފަންނު ހޮލިޑޭސްޓޭ ގެސްޓްހައުސްގެ ކޮޓަރިއަކުންކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ސިހުރު ހަދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. 

އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު އޭނާ ހުރި ގެސްޓްހައުސް ކޮޓަރިން މައްސަލައާ ގުޅުން ހުރި، ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށް  ފުލުހުން ވަނީ ބުނެފައެވެ. 

މި މިހާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން ވަނީ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;