މިއީ، ހުޅުމާލޭގެ ހާންޖީ ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލިކަމަށް އެ ރެސްޓޯރެންޓުގެ ކައްކާ މުޙައްމަދު އާބިދުއަށް ދައުވާ ކުރި މައްސަލައެކެވެ.
މި މައްސަލައިގައި ޕާކިސްތާނުގެ ކައްކާގެ މައްޗަށް އުފުލާފައިވަނީ، ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އެކަމަކު މި މައްސަލައިގައި އާބިދުގެ މައްޗަށް އަދަބު ކަނޑައަޅާނީ، މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;