ads
ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު - ފޮޓޯ: ޕީސީބީ
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ތިން މަސް ދީފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގުމަށް ފަހު، އެ މަސައްކަތް ތިން މަސް ތެރޭ ނިންމަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަލުން އަންގައިފި އެވެ.
Advertisement

ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ޕީސީބީން މިދިޔަ އޭޕްރީލް މަހު ވެސް ސާކިއުލާއަކުން އެންގި އެވެ. އެ ސާކިއުލާއާ ހަވާލާދީ ޕީސީބީން މިދިޔަ އާދިއްތަ ދުވަހު ނެރެނު ސާކިއުލާގައި ވަނީ އެ ލަނޑުދަނޑި ހާސިލުކުރަން މުއްދަތެއް ކަނޑައަޅައިފަ އެވެ. 

އެގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ނިޔަލަށް މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ވަނީ އަންގަައިފަ އެވެ. 

ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ޕީސީބީން ބުނިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ސަރުކާރުގެ ބައިވެރިވުން ނެތި ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގޭނެ އޮނިގަނޑެއް ގާނޫނު އަސާސީގައި ކަނޑައެޅުމަށް ގޮވާލައިފަ އެވެ. އަދި ކުންފުނިތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ޕީސީބީއަކީ ސަރުކާރުގެ ކޮންޓްރޯލް ނެތް ތަނަކަށް ހެދުމަށް ގޮވާލާފަ އެވެ. 

'އެދޭ ރާއްޖޭ'ގެ ހުށަހެޅުން

ވަކި ސިޔާސީ ފަރާތްތަކަށް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ފައިދާ ހޯދުމާއި، ކުންފުނިތަކުން ކޮރަޕްޝަން ނައްތާލުމަށް ތިރީގައިވާ ކަންކަން 'އެދޭ ރާއްޖެ' ހަރަކާތުން ހުށަހަޅަމެވެ.

  1. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން އެއްބަސްވާ (ނޮމިނޭޓް) މީހުން ޕީސީބީ އަށް އައްޔަންކުރުމާއި، ދައުލަތުގެ ކުންފުނިތައް އުފެއްދޭނީ ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ލިބިގެންކަމަށް ކަނޑައެޅުން.
  2. ޕީސީބީ އަދި މަޖިލީހުން، ކުންފުނި ތަކުގެ ހިންގުމުގެ މިންގަނޑުތަކާ ލަނޑުދަނޑިތައް އާންމުކޮށް، އެލަނޑުދަނޑިތަކަށް ވާސިލްވަނީ ކިހާ ވަރަކަށްކަން ހާމަކުރުން.
  3. ކުންފުނި ތަކަށް މީހުން އައްޔަނު ކުރުމުގައި މެރިޓް-ބޭސްޑް ސިސްޓަމެއް ތައާރަފްކޮށް ތަންފީޒުކުރުން.
  4. ދައުލަތުގެ ކުންފުނި ތަކަކީ އަމިއްލަ ވިޔަފާރިތަކާ ވާދަކުރާ ބަޔަކަށް ނުވުން. އަދި ދައުލަތުގެ ކުންފުނިތަކުން ފޯރުކޮށްދޭންވާނީ އަސާސީ ހިދުމަތާއި ވަސީލަތްތައް. އަދި ދައުލަތުގެ ކުންފުނިތަކުގެ ދައުރަށް ވާންވާނީ އަމިއްލަ ވިޔަފާރިތަކަށް ނުކުރެވޭ، ނުވަތަ ކުރަން ދަތި ކަންކަމަށް ވުމާއެކު، އައު ސިނާއަތު އުފައްދަން މަގުފަހި ކުރުން.

މީގެ ނަތީޖާއަކީ ދައުލަތުގެ ބޭނުމަށް ވުރެ ރައީސްގެ އަމިއްލަ މަސްހަލަތާއި މަންފާއަށް ކުންފުނިތަކުން ކުރަމުންގެންދާ ހޭދަ ނިމުކަށް ގެނެސް ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގުން ހަރުދަނާވުން ކަމަށް އެދޭ ރާއްޖެ ޓީމުން ވަނީ ބުނެފަ އެވެ.  

ޕީސީބީން އެ ސާކިއުލާ ނެރުނުއިރު، ބައެއް ސަރުކާރު ކުންފުނިތަކުން ވަނީ މުވައްޒަފުން އަމިއްލައަށް ވަކިވުމަށް ހިތްވަރު ދިނުމަށް ޕެޖޭކުތައް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި މުވައްޒަފުން ވަރަށް ގިނަ ފެނަކައިގެ އިތުރުން އެޗްޑީސީ ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;