އެ ކައުންސިލުން ބުނީ ކުދީނާގޯޅީގައި އިންނަ ފުޑް ބިސްޓްރޯގެ ދުން ހޮޅިން ޒިކުރާ މިސްކިތުގެ ތެރެއަށް ދުމާއި ވަސް އަންނާތީ އެކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. އެގޮތުން ތަނުގެ ދުންހޮޅި ރަނގަޅު ކުރުމަށް މާލެސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ ފަރާތުންގޮސް ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަން ހައްލުކޮށްފައި ނުވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އެތަނުގެ ދުންހޮޅި މައްސަލަ ހައްލުކޮއްފައި ނުވާތީ، މިއަދު ހުކުރު ނަމާދުގަޑީގައި ފުޑް ބިސްޓްރޯއިން ކައްކާ އެއްޗެހީގެ މިރުސް ވަހާ ހުރެ ޒިކުރާ މިސްކިތުގައި ނަމާދަށް ތިބި މީހުން ކޮށިއަރާވަރުން ނަމާދަށް ތިބެން އުނދަގޫވާތީ މިއަދުވެސް ކައުންސިލަށް ޝަކުވާ ހުށައެޅުކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ މިއަދުގެ ހުކުރު ނަމާދަށްފަހު މާލެސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ވަނީ އެ ކެފޭއަށް ގޮސް އެތަނުގެ ދުންހޮޅި މައްސަލަ ހައްލު ކުރެވެންދެން އެތަނުގެ ހިދުމަތް ހުއްޓުވާ ބަންދުކޮށްފައިކަަމަށެވެ. އަދި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓު މުވައްޒަފުން އެތަނަށް ވަނުމުން އެތަނުގައި ކައްކަން ތިބި ބިދޭސީންނާއި ހިދުމަތް ހޯދަން އައިސް ތިބި ބިދޭސީންގެ ތެރެއިން ގިނަބަޔަކު ވަނީ ދުވެ ފިލާފާކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;