ads
ކުމުންދޫ
މިނިވަންދުވަހު ކުމުންދޫގައި އެންމެ ނަލަކޮށް ދިއްލާ ގެއަކަށް 1500ރ ދެނީ
މިއަހަރުގެ މިނިވަން ދުވަހު ހދ. ކުމުންދޫގައި އެންމެ ނަލަކޮށް ދިއްލާ ގެއަކަށް 1500ރ ދޭން އެރަށު ކައުންސިލުން ނިންމައިފިއެވެ.
Advertisement

ކުމުންދޫ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތައް ގުޅިގެން ބާއްވާ ހަރަކާތްތަކުގައި، ގެތަކާއި މުއައްސަސާތައް / ކުލަބު ޖަމުއިއްޔާތައް ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ޖުލައި 28،27،26މި ތިން ދުވަހު އެ ތަނެއް ދިއްލައި ޒީނަތްތެރިކޮށް ބަހައްޓަންވާނެކަމަށް ކުމުންދޫ ކައުންސިލުން ބުނެއެވެ. 

މި މުބާރާތުގައި 2 ކެޓަގަރީ އެއް ހިމެނޭކަމަށައި އެއީ ގޭ ބިސީތަކަށް ވަކި ކެޓަގަރީއަކާއި ހދ.ކުމުންދޫގެ މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތަކަށް ވަކި ކެޓަގަރީއެކެވެ. ކޮންމެ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ 1 ވަނަ ފަރާތަކަށް -/1500ރ، 2 ވަނަ ފަރާތަކަށް -/1000ރ އަދި 3 ވަނަ ފަރާތަކަށް -/500ރ ދިނުމަށް ނިންމާދައިވާކަމަށްވެސް ކުމުންދޫ ކައުންސިލުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހު 22 ވަނަ ދުވަހުގެ މެންދުރު 12.00ކަމަށް ކައުންސިލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;