ads
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑްގައި: ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސް ވިދާޅޫވެއްޖެ - ފޮޓޯ: ރައީސް އޮފީސް
މާލޭގެ މަގުތައް ޒަމާނީކުރުމުގެ ބިޔަ މަޝްރޫއު އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ
މާލޭގެ މަގުތައް ހަދަން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ރައީސް ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުއަށް އަލި އަޅުވާލައްވާފައިވެ އެވެ. މި މަޝްރޫޢުގެ ދަށުން ހަދަނީ މާލެއާއި ވިލިމާލޭގެ މަގުތަކެވެ.

"މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ވީ އެންމެ ބޮޑު އެއް ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް މި ފެށެނީ. ފެށިގެން ދެން ނިމޭނީ އެއްކޮށް މަސައްކަތް ކޮމްޕްލީޓުކޮށްފައި އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މާލޭގެ މަގުތައް އެއްކޮށް ތަރައްގީކުރުމުގެ މިފަދަ ބިޔަ މަޝްރޫއެއް މީގެ ކުރިން ކުރިއަށްގެންގޮސްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމާއި، އިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިން ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔާ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މަގު ހެދުމުގެ މަޝްރޫއު އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މާލޭ ސަރަހައްދަށް އަމާޒުކޮށްގެން މިހާރު ވެސް ކުރިއަށްގެންދަނީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 ޕަސެންޓު ދިރިއުޅޭ މި ސަރަހައްދަށް މި ވަގުތަށް ބޭނުންވާ ހައްލުތައް ފޯރުކޮށްދިނުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;