މަރުވެފައި އޮއްވާ ފެނުނީ މާލެ. ސްޓަރ، އުމުރުން 50 އަހަރުގެ މުހައްމަދު ރަޒީން އެވެ. ފުލުހުން އޭނަގެ ހަށިގަނޑި ފެނުނީ ފޭސްް އެކެއްގެ ގެސްޓް ހައުސްގެ 3 ވަނަ ފަންގިފިލާއިންނެވެ. އެކަމުގެ ރިޕޯޓް ކުރީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ރަޒީންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރަޒީނަކީ ކުށުގެ އެކި ތުހުމަތުތަކުގައި ތަކުރާރުކޮށް ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;