ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުއަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން އަތްފޯރާ ފަށުގައި ގެދޮރު ފޯރުކޮށްދީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫއެއްކަމަށެވެ. އަދި މި މަޝްރޫއަށް ބިން ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރަންޖެހޭނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކަށް، ކުންފުނިތަކަށް ނުވަތަ ކޮންސޯޓިއަމްތަކަށް ވާން ޖެހޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ހައުސިން ޔުނިޓްތައް އަޅާ ރަށްތައް
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކެވެ. ފުރަތަމަ ފްލޯ އާއި ގްރައުންޑް ފްލޯ ބޭނުންކުރަނީ ވިޔަފާރިތަކަށާއި ޕާކިންނަށެވެ.
މި މަޝްރޫއަށް ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހިމެނޭ ގޮތަށް، ފުރިހަމަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;