ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
މިނިވަން މުއައްސަސާތަކުގެ ބޭނުން ރައްޔިތުންނަކަށް ފުއްދައެއް ނުދެވޭ: ޔާމީން
މިނިވަން މުއައްސަސާތަކުގެ ބޭނުން ރައްޔިތުންނަކަށް ފުއްދައެއް ނުދެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
Advertisement

ޔާމީން މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި ބައްދަލުވުމެއްގައި އެވެ. 

"އާސަންދަ ހުސްވެ މީހުން ނިކަމެތިވެ ހުރިހާ ކަމެއް ވެގެން ދާއިރު އެޗްއާރުސީއެމުން ބަހެއް ބުނާކަށް ބޭނުމެއް ނުވޭ. ސިޔާސީ މުޒާހަރާތަކާއި އެއްވުންތައް ރޫޅާލައި ކަންކަން ކުރާއިރު ބަހެއް ބުނާކަށް ބޭނުމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

މި ފަދަ ބޭނުމެއް ނުހިފޭ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ޔާމީން ދެން ފާހަގަ ކުރެއްވީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހާލަތާ ނުބައްދަލުކޮށް ފުލުހުން ބާރުގެ ބޭނުން ކުރޭތޯ ބެލުމަށް އުފައްދާފައިވާ އެ ކޮމިޝަނަކީ ވެސް އޮންނަ ތަނެއް ކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ.

"ގާނޫނު އަސާސީ ތަސްދީގު ވުމާއެކު، އެމެރިކާ މޮޑެލަކަށް ބަލައިގެން، [އެގައުމުގައި] ހުންނަ ހުރިހާ މުއައްސަސާތަކެއް ރާއްޖޭގައި ވެސް އެބަހުރޭ. އެކަމަކު މުއައްސަސާތައް ގިނަވި އިރު، އެ މީހުންނަށް ލިބިދޭ ބާރު އިހްތިޔާރު ކުރަން ނުކެރިފައި މި އޮންނަނީ،" ޔާމީން ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ނިކުންނަވާނެކަން އިއުލާން ކުރައްވާފައިވާ ޔާމީން ސިފަކުރެއްވި ގޮތުގައި އެ ހުރިހާ ތަނެއް އޮންނަނީ ވެރިއަކަށް ހުންނަ މީހާގެ "މުށުތެރޭގަ" އެވެ.

މިނިވަން މުއައްސަސާތަކާއި މެދު ޔާމީން މިފަދައިން ވިދާޅުވިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބުކޮށް، މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތީގެ ރުހުން ލިބޭ މީހުންގެ މައްޗަށް މިނިވަން މުއައްސަސާތައް އެކުލަވާލުމަށް ގޮވާލައްވައިފަ އެވެ.

މީގެ ނަތީޖާއަކީ ދައުލަތާއި ސަރުކާރު ހިންގުމާ ހަވާލުވާ މީހުން ޖަވާބުދާރީ ކުރުމަށް އުފައްދާފައިވާ މުއައްސަސާތައް ސަރުކާރުތަކުން ކޮންޓްރޯލް ކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ނިމުމަކަށް ގެނެވި، ފަސް ޖެހުމެއް، ބިރުވެރިކަމެއް ނެތި ދައުލަތާއި ސަރުކާރު ހިންގުމާ ހަވާލުވާ މީހުން ޖަވާބުދާރީ ކުރުމުގެ ފުރުސަތު މުއައްސަސާތަކަށް ލިބުން ކަމަށް އެދޭ ރާއްޖެ ޓީމުން ވަނީ ބުނެފަ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;