ads
އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ހާއްސަކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ދިވެހިން ހިއްސާވާ ފަސް ކުންފުންޏަކާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބް ބައިވެރިވަނީ - ފޮޓޯ: ހައުސިން މިނިސްޓްރީ
ހުޅުމާލޭގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓް އަޅަން ފަސް ދިވެހި ކުންފުންޏަކަށް
ހުޅުމާލޭގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އެޅުމަށް ހައުސިން މިނިސްޓްރީން ދިވެހި ފަސް ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
Advertisement

ހައުސިން މިނިސްޓްރީން ބުނީ މިއީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހުޅުމާލޭގައި ހައުސިން ޔުނިޓުތައް ތަރައްގީކުރަން ސައްތައިންސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކާ ހަވާލުކުރެވުނު ޕްރޮޖެކްޓުތަކެއް ކަމަށެވެ. އެ ގޮތުން ފަސް ބަޔަކާ ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭތައި ދެ ޖޮއިންޓް ވެންޗާ ވެސް ހިމެނެ އެވެ.

މި ހައުސިން ޔުނިޓުތައް ތަރައްގީކުރަނީ ހުޅުމާލެ ފޭސް ތިނެއްގަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ކޮންމެ ޑިވެލޮޕަރަކާ ހަވާލުކުރީ އެންމެ ބިމެއް ކަމަށެވެ. އަދި، މަޝްރޫއުގެ މުއްދަތަކީ 30 މަސް ދުވަހެވެ. 

އެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތައް

  • އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް

މި މަޝްރޫގެ ދަށުން އިމާރާތްކުރެވޭ ހުރިހާ ފްލެޓެއްވެސް ވިއްކަންޖެހޭނީ ސަރުކާރުން އިއުލާނުކޮށް އެޕްލިކޭޝަން ބަލައިގަނެފައިވާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި، ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ދެ ކޮޓަރީގެ ފްލެޓު ވިއްކޭ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު ތިން ކޮޓްރީގެ ފްލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާކަން ފާހަގަކޮށްފައި ވެއެވެ.

މި ސަރުކާރުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ "ބޯހިޔާވަހިކަން އެންމެންނަށް"ގެ ނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ތައާރަފުކޮށް، މިދިޔަ ޖަނަވަރީ މަހު 7،900 ފުލެޓަށާއި 15،000 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފަ އެވެ.

ބޯހިޔާވަހިކަމުގެ އެ މަޝްރޫއު ހިންގުމުގެ ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ މީހުންނަށް އަތްފޯރާފަށުގައި ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް، ގަނެވޭނެ ފުރުސަތު ތަނަސްވަސް ކޮށްދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;