ފިލްމު އުފައްދާ ފަރާތުން ކަށަވަރުކޮށްދިން ގޮތުގައި، މި ފޯރިގަދަ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ.
ވިޖޭގެ ފިލްމުތަކަކީ އަބަދުވެސް ބޮޑު އިންތިޒާރެއް އޮންނަ ފިލްމުތަކަކަށް ވުމުން، "ޖަނާ ނާޔަގަން" ރިލީޒްކުރާނެ ތާރީހު އިއުލާންކުރުމާއެކު ސޯޝަލް މީޑިއާގައި ސަޕޯޓަރުންގެ ފޯރި ވަނީ އިންތިހާއަށް ގަދަވެފައެވެ. ގިނަ ބަޔަކު މިހާރު ވެސް ދަނީ ޓިކެޓް ބުކިންތަކަށް ތައްޔާރުވަމުންނެވެ.
މި ފިލްމު ވެގެންދާނީ ވިޖޭގެ ކެރިއަރުގައި މިހާތަނަށް ފެނިފައި ނުވާފަދަ ތަފާތު ރޯލަކުން އޭނާ ފެނިގެންދާނެ ފިލްމަކަށް ކަމަށް ފިލްމުގެ ޓީމުން ބުނެފައި ވެއެވެ. ޖުލައި 23 ގައި ފިލްމު ރިލީޒްކުރުމަށް ހުރިހާ ތައްޔާރީތަކެއް މިހާރު ވަމުންދާއިރު، މިއީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;