މި ޝަރަފުވެރި ލަގަބު ރާނީއަށް އެރުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އޮސްޓްރޭލިއާގައި ބާއްވާ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގެ ތެރެއިންނެވެ.
މި ބޮޑު ޝަރަފަކީ ބޮލީވުޑްގެ ސިނާމާއަށާއި، އިންޑިއާގެ ފިލްމީ ދާއިރާ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއެރުވުމަށް ރާނީ ކޮށްދީފައިވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޝަރަފެކެވެ. ރާނީއަކީ އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ތަފާތު އަދި ކާމިޔާބު ގިނަ ރޯލުތަކެއް ކުޅެ، ދުނިޔޭގެ އެކި ކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާއެކެވެ.
މެލްބަން ފިލްމު ފެސްޓިވަލުގައި ރާނީއަށް މި ލަގަބު އަރުވާއިރު، މިއީ ބޮލީވުޑްގެ ފަންނާނަކަށް ބައިނަލްއަގުވާމީ މައިދާނެއްގައި ލިބިގެންދާ ފާހަގަކޮށްލެވޭ ބޮޑު ޝަރަފެކެވެ. މި ޚަބަރާއެކު ބޮލީވުޑްގެ ފިލްމީ ދާއިރާގެ ގިނަ ބަޔަކާއި ރާނީގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;