މި ހަފުލާގައި އާލިއާ ދެއްކި ޖަޒުބާތީ ބަސްތަކުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
އަކަންކްޝާ އާއި ޝަރަންގެ ކައިވެނީގެ ހާއްސަ ރަސްމިއްޔާތުގައި އާލިއާ ދިން މި އަސަރުގަދަ ސްޕީޗުގައި، އޭނާގެ އެންމެ ގާތް އެކުވެރިޔާއާ އެކު ހޭދަކުރި ހަނދާންތަކާއި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އާލިއާ ވާހަކަދައްކަމުން ދިޔައިރު އޭނާއަށް ޖަޒުބާތުތައް ހިފަހައްޓައެއް ނުލެވުނެވެ.
މި ކައިވެނީގެ އުފާވެރި މަންޒަރުތަކާއި އާލިއާގެ މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ބޮލީވުޑްގެ ސަޕޯޓަރުން ދަނީ މި ދެ އެކުވެރިންގެ މެދުގައި އޮތް ވަރުގަދަ ލޯތްބާއި ގުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ އާ ކައިވެނިކުރި ޖޯޑަށް ސޯޝަލް މީޑިއާގައި މަރުހަބާ އާއި ހެޔޮއެދުންތައް ފޮނުވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;