ads
ހަނިމާދޫ
ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ހަރުކުރަނީ، މި އަހަރު ސާވޭ ފަށަނީ
ހދ. ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށްދޭން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
Advertisement

ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނެލް ހަރުކުރުމަކީ މިހާރު ކައުންސިލަށް ހޮވިފައި ތިބި ކައުންސިލަރުންގެ ކެމްޕެއިން ވައުދެކެވެ. ހަނިމާދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބު ކުރީ އެމްޑީޕީގެ މެމްބަރުންނެވެ.

ކެމްޕެއިން ވައުދާ އެއްގޮތަށް ރަށުގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކުރަން ކައުންސިލުން ވަނީ ފާސްކޮށްފައެވެ. ކޮންމެ ގެއެއްގައިވެސް ސޯލާ ހަރުކުރުމަށް ހިނގާ ހަރަދުގެ 50 އިންސައްތަ ދިނުމަށް ނިންމާފައިވަނީ ކައުންސިލްގެ ބެޖެތުންނެވެ. އަނެއް 50 އިންސައްތަ ދައްކަން ޖެހޭނީ ގޭގެ ވެރި ފަރާތުންނެވެ.  

ކައުންސިލުން ބުނީ ސޯލާ ސޯލާ ޕެެނަލް ހަރުކުރަން ސާވޭގެ މަސައްކަތް މިއަހަރު ފަށާނެކަމަށެވެ. ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ފިރާޤް މުހައްމަދު ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހަތަރު ނޫނީ ފަސް ފިޔަވައްސަކަށް ބަހައިލައިގެން ކަމަށެވެ. އަދި ސޯލާ ޕެނަލް ހަރުކުރުމުގެ ދާނެކަމަަށް އަންްދާޒާކޮށްފައިވަނީ 10 މިލިއަން ރުފިޔާކަމަށްވެސް ފިރާގު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;