ads
އާޖެންޓީނާ ކުޅުނު މެޗު ބަލަން އާޓިފިޝަލް ބީޗަށް ދިޔަ މީހުންގެ ތެރެއިން
ރޭ ސަޕޯޓަރުން ވަރަށް ރަނގަޅު، ފުލުހުންގެ ޝުކުރު
ރޭ ކުޅުނު ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ މެޗަށްފަހު ސަޕޯޓަރުންގެ ފަރާތުން ދިން އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފިއެވެ.
Advertisement

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި ރޭ ބައްދަލުކުރީ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އިންގްލެންޑްއެވެ. އެ މެޗު ފެށުމުގެ ކުރުން ފުލުހުން ވަނީ މެޗަށްފަހު ސަޕޯޓަރުން އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމުކުރުމަށް އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ ރޭ ކުރިޔަށް ދިޔަ ފޯރިގަދަ މެޗު ނިމުމުން އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރާާކަމަށެވެ. އެގޮތުން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި އާންމު ދިރިއުޅުމަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށްޓަކައި ފުލުހުން ދިން އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރީތީ ފުލުހުން ވަނީ އެކަން ފާހަގަކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ފަރާތުން މިފަދަ އެއްބާރުލުމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

ގިނަ އަދަދެއްގެ ބިދޭސީންނާއި ދިވެހިން ވެސް ހިމެނޭ ގޮތަށް އާޖެންޓީނާ މެޗު ކުޅޭ ރޭތަކުގައި، އެ ޓީމުގެ ސަޕޯޓަރުން މާލޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައި ހުންނަ ބޮޑު ސްކްރީންތައް ކައިރި ފުރާލާ ތިބެ އެވެ. އަދި އާޖެންޓީނާ މޮޅުވެއްޖެ ނަމަ މަގުމަތީގައި ތިބެގެން ސައިކަލު ބަރުގޮނު އެޅުމާއި އަޑުގަދަކޮށް ލަވަޖެހުން ފަދަ ކަންކަން ވެސް ކުރެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;