މި އެއްބަސްވުމުގައި މިއަދު އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ބަދުރުއްދީން ހަސަނެވެ. ބީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޒިޔާއު އެވެ.
އެ ދެ ކުންދުނިން މި އެއްބަސްވުމުގައި ސޮއިކުރި އިރު، ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އިއްތެ ވަނީ 'ޔޫތު އޮންޓްރަޕްރިނިއަޝިޕް ފައިނޭންސިން' ނަމުގައި ސްކީމެއް ވެސް ތައާރަފުކޮށްފަ އެވެ
މި އެއްބަސްވުމަކީ އަމަލީ ގޮތުން ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް ގުޅުވާލައިގެން ދިވެހި ޒުވާނުންގެ މެދުގައި ވިޔަފާރިވެރިކަން ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން ކުރާ ގުޅިފައިވާ މަސައްކަތެކެވެ.
މިގޮތުން، ވިޔަފާރި ފެށުމުން ފެށިގެން ފައިސާ ދޫކުރުމަށްފަހު ކުރިއަށްގެންދާ މޮނިޓަރިން މަރުހަލާއާ ހަމައަށް އެހީތެރިކަން ލިބި، ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަން އިތުރުވެ، މި ޕްރޮގްރާމްގެ ދިގު މުއްދަތުގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގެންދާނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކޮށްފައިވާ "ޔޫތު އެންޓްރަޕްރިނިއާޝިޕް ފައިނޭންސިން" އަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހިންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ.
މިއީ ޒުވާން ވިޔަފާރިވެރިންގެ ހިޔާލުތައް ކާމިޔާބު ވިޔަފާރިތަކަކަށް ބަދަލުކުރުމަށްޓަކައި، ފަސޭހަ، އަވަސް އަދި މުޅިން ޑިޖިޓަލްކޮށް ކުރިއަށްގެންދާ އެޕްލިކޭޝަން މަރުހަލާއެއް ހިމެނޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ސްވައިޕް މޮބައިލް އެޕް މެދުވެރިކޮށް ހުޅުވާލައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;