ads
ޒަކާތު ހައުސްއިން ދޭ މަތީ ތައުލީމަށް ސްކޮލާޝިޕްތަކަށް ކުރިމަތިލާން މިވަނީ ހުޅުވާލާފައި
ޒަކާތު ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި ހާއްސަ ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
Advertisement

ޒަކާތު ހައުސްއިން ވަބީ މި ސްކޮލާޝިޕް ޕުރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އޭގެ ތެރޭގައި އިސްލާމީ ޝަރީއާ، ޤުރްއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާއާއި ޝާއިއުކުރުން، އިސްލާމީ ނޫސްވެރިކަން، އަޤީދާ، ފިޤުހު، އުސޫލުލް ފިޤުހު، އަދި އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނޭކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެއެވެ. 

މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވަނެއެވެ. އެހެންނަމަވެސް ޒަކާތު ހައުސްއިން މިއަދު ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ސުންގަޑި މިހާރު ވަނީ 16 އޮގަސްޓު 2026 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ފަސްކޮށްފައިކަމަަށެވެ. 

ރާއްޖޭގައި ކިޔެވޭ ޔުނިވާސިޓީތަކާއި ކޮލެޖްތައް 

  • އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ
  • ވިލާ ކޮލެޖް
  • އެވިޑް ކޮލެޖް
  • ޒިކުރާ ކޮލެޖް    

ރާއްޖެއިން ބޭރު ކިޔެވޭ ކޮލެޖްތައް

  • އަލް އަޒްހަރް ޔުނިވާސިޓީ
  • އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ
  • އިންސިފް ޔުނިވާސިޓީ
  • ސައިންސް އިސްލާމް މެލޭޝިއާ
  • ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމް
  • އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިސްލާމްއާބާދު 

މި ފުރުސަތުގެ ދަށުން ޖުމުލަ 30 ސްކޮލާޝިޕް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 10 ފުރުސަަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުސަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ޒަކާތު ހައުސްއިން ވަނީ ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;